·
އޮޕެރަންޓް ކަންޑިޝަނިން: ބީ. އެފް ސްކިނަރ 1953
އުގެނުމުގައި ކުއްޖާގެ އުޅުމަށް ބަދަލު އަންނަ
އެންމެ ބޮޑު ރޯލެއް އަދާކުރާ ފަރާތަކީ ކުއްޖާ އުޅެ ބޮޑުވާ މާޙައުލުން ދަސްވާ
ދަސްވުމެވެ. މިގޮތުން އުނގެނުމާއި ބެހޭ ގޮތުން ދިރާސާތައް ކުރައްވާފައިވާ
ދިރާސާވެރިންގެ ތެރޭގައި ފާހަގަ ކޮށްލެވޭ ބިހޭވިއަރަލް ލަރިންނގ ތިއަރީގެ
ދެބޭފުޅުންގެ ބުނުއްވުންތަކަށް ބަލައިލާނަމެވެ.
ބީ. އެފް ސްކިނަރގެ ނަޒަރިއްޔާތު
އެއްޗެއް ދަސްކުރުމުން ނުވަތަ
އެނގުމުން ކުއްޖާގެ އުޅުމަށް ބަދަލު އާދެއެވެ. މިއީ ހަމައެކަނި ކުދިންނަށް ދިމާވާ
ކަމެއް ނޫނެވެ. ބޮޑެތި މީހުންނަށް އެމީހަކަށް ނޭނގޭ އެއްޗެއް ދަސްވުމުން އެމީހަކު
ކުރިން ކުރި ކަންތަކަށް ނުވަތަ އުޅުނު އުޅުމަށް ބަދަލު އަންނަކަން
ފާހަގަކުރެވެއެވެ. މިގޮތުން ބީ. އެފް ސްކިނަރ (1957) ހާމަކުރައްވާފައިވާގޮތުގައި ބަސް
ދަސްކުރުމަކީ ކުއްޖާގެ އުޅުމަށް އަންނަ ބަދަލެކެވެ. އޭނާ ވިދާޅުވާގޮތުގައި،
ކޮންޑިޝަން ކޮށްގެން ބަސް ދަސްކޮށްދެވިދާނެ އެވެ. މިގޮތަށް ކޮންޑިޝަން ކޮށްގެން
ބަސް ދަސްކޮށްދިނުމުގެ ޚިޔާލު ގުޅިފައިވަނީ، ޖަނަވާރެއް ވަކިގޮތަކަށް ހޭނުވުމަށް
ގެންގުޅެވިދާނެ ސްޓިމިއުލަސް -ރެސްޕޯންސް - ރީއިންފޯސްމަންޓް އުޞޫލާ އެވެ.
މިގޮތަށް ކޮންޑިޝަން ކޮށްގެން ބަސް ދަސްކޮށްދިނުމުގެ ޚިޔާލު ގުޅިފައިވަނީ، ޖަނަވާރެއް ވަކިގޮތަކަށް ހޭނުވުމަށް ގެންގުޅެވިދާނެ ސްޓިމިއުލަސް - –ރެސްޕޯންސް - ރީއިންފޯސްމަންޓް އުޞޫލާ އެވެ.
.jpg)
ބިހޭވިއަރިޒަމް ނަޒަރިއްޔާތުގެ އެއް ބާނީ ކަމަށްވާ ބީ. އެފް ސްކިނަރ ޤަބޫލް ކުރައްވާގޮތުގައި، ކޮންޑިޝަންކުރުމުގެ މިތިއަރީ އިންސާނުންނަށް އެމީހުންގެ މާދަރީބަސް ދަސްކުރުމުގައިވެސް ބޭނުން ކުރެވިދާނެ އެވެ. މިގޮތުން ސްކިނަރގެ ނަޒަރުގައި، ބަހެއްދަސްކުރުމަކީވެސް އިންސާނާގެ އުޅުމަށް އަންނަ ބަދަލެކެވެ.
މިސާލަކަށް ކުއްޖާ، އޭނާ އުޅެބޮޑުވާ މާޙައުލުން
އިވޭއަޑުތައް ނުވަތަ ލަފުޒުތައް ތަކުރާރުކޮށްފާނެއެވެ. މިގޮތަށް ތަކުރާރުކުރުމުން
ބޮޑެތި މީހުން އެކުއްޖާ ލެއްވި އަޑު ނުވަތަ ބަސް ބޮޑެތި މީހުން ކިޔާ ގޮތާއި
އެއްގޮތްވުމުން އެކަމަށް ތަރުހީބު ދީފާނެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އިތުރަށް
ކުއްޖާ ތަރުޙީބުގެ ބޭނުމުގައި މިލަފުޒު
ނުވަތަ އަޑު ނުވަތަ ބަސް ތަކުރާރު ކުރަމުން ގޮސް އެލަފުޒަށް ނުވަތަ އެބަހަށް
ކުއްޖާ އަހުލުވެރިވެއެވެ. މިގޮތުން ކުއްޖާގެ މިއުޅުން ބައްޓަން (ކޮންޑިޝަން)
ކުރެވެއެވެ. ބޮޑެތިމީހުން ކިޔާގޮތާއި ތަފާތު ނުހުންނަ ވަރަށް ވައްތަރު ވަންދެނެވެ.
މަތީގައި ފާހަގަކުރެވުނު ފަދައިން، ސްކިނަރ ޤަބޫލް
ކުރައްވާގޮތުގައި، ބަސްދަސްކުރުމަކީ، ކުއްޖާގެ އުޅުމަށް ގެންނަބަދަލެކެވެ.
ކުއްޖާއަށް ހިތްވަރުދީ ތަރުހީބު ލިބެމުން ދާނަމަ، ކުއްޖާއަށް މިބީދައިން
ބަސްބޭނުންކުރަން ދަސްވެއެވެ. ނަތީޖާއެއްގެ ގޮތުން މިއުޅުން (ބިހޭވިއަރ) ކުއްޖާއަށް
އާދަވެއެވެ. އަދިހަމައެހެންމެ ކުއްޖާއަށް ބަސްބޭނުންކުރާގޮތް ދަސްވެ، އެކަމަށް
އަހުލުވެރިވެއެވެ.
ވުމާއެކު ބަސްކިޔަވައި ދިނުމުގައި މިނަޒަރިއްޔާގެ
ބޭނުން ހިފިދާނެ ކަމަށް ޤަބޫލުކުރެވެއެވެ. ކްލާހުގައި ކުއްޖާ ރަނގަޅަށް ލަފުޒު ކިޔުމުން،
ތަރުހީބުދީ ހެދުމުން އެކުދިން ބަސް ތަކުރާރުކުރާނެއެވެ. މިގޮތުން، ލަފުޒުތަކާއި
ޖުމްލަތައް ތަކުރާރު ކުރުމުން ކުއްޖާއަށް އެލަފުޒު ނުވަތަ ބަސް ދަސްވާނެއެވެ. މިފަދަގޮތްތަކަކީ
މިހާރުވެސް ކްލާސްރޫމްތަކުގައި މުދައްރިސުން ބޭނުން ކުރަމުންދާ ގޮތްތަކެކެވެ. އަނގަބަހުން
ޕްރެކްޓިސް ކުރެވޭބަހުގެ ލަފުޒުތަކާއި ޖުމްލަތައް ދަރިވަރުން ލައްވާ މުދައްރިސުން
ތަކުރާރުކުރުވައެވެ. މިގޮތަށް ދަރިވަރުންވެސް މުދައްރިސްގެ އަޑުދަށުން ތަކުރާރު
ކުރެއެވެ. އަދި މުދައްރިސުންގެ ތަރުޙީބާއެކު އިތުރަށް ޕްރެކްޓިސްކުރެއެވެ. އެހެންކަމުން
ދަރިވަރުންނަށް އެފަދަ ލަފުޒުތަކާއި ޖުމްލަތައް ބޮޑެތިމީހުންނާ އެއްގޮތަށް ކިޔަން ދަސްވެއެވެ.
މިގޮތަށް މިކަން ނާސަރީ ކުލާސްތަކުން ސާނަވީ އަދި މަތީ ސާނަވީ އާއި ހަމައަށްވެސް ކުރެވެމުންދެއެވެ.
ވުމާއެކު ބީ. އެފް ސްކިނަރގެ މި ނަޒަރިއްޔާތަކީ
އަޅުގަނޑުމެން ކިޔަވައި ދިނުމުގައި ކްލާސް ރޫމުތަކުގައި މިހާރުވެސް ބޭނުން ކުރެވޭ
ނަޒަރިއްޔާތެކެވެ. އެހެންކަމުން މިގޮތަށް ކަންޑިޝަން ކޮށްގެން ބަސް ދަސްކޮށް
ދެވިދާނެއެވެ.
References
T.L. Smith. (1994).
Behavior and Its Causes: Philosophical Foundations of Operant Psychology
Skinner, B. F. (1948). 'Superstition' in the pigeon. Journal
of Experimental Psychology, 38, 168-172.
Paul Naou.(2008)
E.O. Wilson and B.F. Skinner: university of chichago USA :library of congress
ތިގޮތުގައި މަޢުލޫމާތު ހިއްސާ ކުރައްވަމުން ގެންދަވާ. ވަރަށް ރަނގަޅު
ReplyDelete